މިހާރުހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވް ވއފައިވާ 13 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ހުރިހާ ޖިމާއި ފިޓްނެސް ސެންޓަރުތައް މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށް ބަންދުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ހިންގާ ޖިމާއި ފިޓްނަސް ސެންޓަރުތަކުގެ އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އެ ތަންތަން ބަންދުކުރަން ނިންމީ، ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެންނެވެ.
ޖިމްތަކުގެ ފަރާތުން ވާހަކަ ދެއްކެވި، ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވީ، މިއީ ފިޓްނަސްގެ ވިޔަފާރި ހިންގާ ކުންފުނިތަކަށާއި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ބައެއް ވިޔަފާރިތައް އެއްކޮށް ވެސް ހަލާކުވެދާނެ ކަމަށެވެ. އެކަމަކު، މިއީ ވިޔަފާރި އަށް ވުރެ ބޮޑަށް، އާއްމުންގެ ސިއްހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ވުމުން ތަންތަން ބަންދުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް