އިއްޔެ އައި ދިވެހި މީހާ ވައިރަހަށް ނެގެޓިވް، ސްޕެއިނުން އައި އިތުރު ދިވެއްސަކު ޓެސްޓު ކުރަނީ

އިއްޔެ ގަތަރް އެއާވޭސްއިން ރާއްޖެ އައި ދިވެހި މީހާ ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެމީހާ ރާއްޖެ އައީ ސްޕެއިނުންނެވެ. އޭނާ ކޮރޯނާ ވ...

16 Mar 2020 | 15:22

އިއްޔެ ގަތަރް އެއާވޭސްއިން ރާއްޖެ އައި ދިވެހި މީހާ ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެމީހާ ރާއްޖެ އައީ ސްޕެއިނުންނެވެ. އޭނާ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރީ ވައިރަހުގެ އަލާމާތްތައް ގައިގަ ހުރުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ވައިރަހަށް ނެގެޓިވް ވިޔަސް އޭނާ މިވަގުތު ހުރީ ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައި އެވެ.

މި މީހާގެ އިތުރުން މިއަދު ސްޕެއިން އިން ރާއްޖެ އައި ދިވެއްސެއްގެ ގައިންވެސް ކޮރޮނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނަން ހުރި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭނާވެސް ވައިރަހަށް ޓެސްޓު ކުރަން ނިންމުމަށް ފަހު މިވަގުތު ހުރީ ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައި އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް