ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އޮތް ޖަލްސާގައި 68 މެމްބަރުންގެ އިއްތިފާގުން ޖެންޑާ މިނިސްޓަރަށް ރުހުން ލިބިފައެވެ. އާއިޝަތު ދީދީއަށް ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ޖެންޑާ މިނިސްޓަރު ކަމަށް އާއިޝާ ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އާއިޝަތު މުހައްމަދު ދީދީއަކީ ހުންނެވީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް