ކޯވިޑް-19: 65 އަހަރުން މަތީ މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަ...

16 Mar 2020 | 15:07

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ ފަރާތުން ކޯވިޑް-19 އަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވާތީ ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ލިބިގެން ރާއްޖޭގައި ތިބި އުމުރުން 65 އަހަރުން މަތީގެ ހުރިހާ އެންމެން ދިރިއުޅެމުން އަންނަ ތަންތަނާއި އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވެފައިވާ 13 މީހަކު ފެނިފައިވާ އިރު، މިއީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އޭގެ ސަބަބުން ނުރައްކާ ބޮޑު ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް