ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތަކުގެ ތެރެއިން މިވަގުތު ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު އެލްޖީއޭ އިން ހޯދަން ފަށައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ބައެއް ރަށްރަށަށް ފަތުރުވެރިން ގެންދިޔުން ހުއްޓާލާފައިވާއިރު ސަރުކާރުގެ ފަރާތުން ކޯވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ގެސްޓްހައުސްތަކާއި ރަށުގެ ރައްޔިތުން ބޭނުންވެގެން ފަތުރުވެރިން ގެންދިޔުން ހުއްޓާލަން ބޭނުންވާ ތަންތަނުގެ ނަންބަރު ރަށު ކައުންސިލްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެލްޖީއޭ އިން ފަށައިފި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް