ކޯވިޑް-19: ހުޅުމާލެއިން ކަރަންޓީން އަށް ގެންދިޔަ ދިވެހި މީހާ ނެގަޓިވް

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހަކާ ގުޅުން އޮވެގެން ޓެސްޓްކުރި ދިވެހި މީހާ ވައިރަހަށް ނެގެޓިވް ވެއްޖެއެވެ. އެޗްޕީއޭ އިން ބުނީ އެ ދިވެހި މީހާ އަކީ އެ ރިސޯޓް އިން ޕޮޒ...

16 Mar 2020 | 14:16

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހަކާ ގުޅުން އޮވެގެން ޓެސްޓްކުރި ދިވެހި މީހާ ވައިރަހަށް ނެގެޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ އެ ދިވެހި މީހާ އަކީ އެ ރިސޯޓް އިން ޕޮޒިޓިވް ޓޫރިސްޓް އަކާ ގާތްކޮށް އުޅެފައިވާ މީހެއްކަމަށެވެ. އަދި އޭނާ ފަރުކޮޅުފުށީގައި އައިސޮލޭޝަން އަށް ގެންދިޔައީ ހުޅުމާލޭގައި ހުއްޓާ ވައިރަހަށް އަލާމާތްތައް ފެންނާތީކަމަށެވެ. އެހެންކަމުން އޭނާ އައިސޮލޭޝަން  އަށް ގެންދިޔުމަށްފަހު އެޗްޕީއޭ އިން ވަނީ ހުޅުމާލޭގައި އޭނާއާއި ގުޅުންހުރި ނުވަތަ މުއާމަލާތް ކުރެވިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ.

އިއްޔެ އިޓަލީއިން އައި ދިވެއްސަކުވެސް ވަނީ ވައިރަހުގެ އަލާމާތްތަށް ފެންނަން ހުރުމުން ކަރަންޓީން ކޮށްފައެވެ. އޭނާގެ ޓެސްޓްގެ ނަތީޖާއެއް އަދި ނުލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް