އައިޖީއެމްއެޗްއަށް ވަދެ ނިކުންނަ ދޮރުތަކަށް ބަދަލުތަކެއް

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އައިޖީއެމްއެޗް އަށް ވަދެ ނިކުތުމަށް ބޭނުންކުރާ ދޮރުތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފި އެވެ. އައިޖީއެމްއެޗް އިން ...

16 Mar 2020 | 13:57

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އައިޖީއެމްއެޗް އަށް ވަދެ ނިކުތުމަށް ބޭނުންކުރާ ދޮރުތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އިމަޖެންސީ ރޫމް އަށް ވަންނަ ފަރާތްތަކުން ފުރަތަމަ ވަންނަން ޖެހޭނީ އިމާޖެންސީ ޕޯޓިކޯގައި ހަދާފައިވާ އިމާޖެންސީ ޓްރައިއޭޖް އަށް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ ޓްރައިއޭޖް އިން ހިދުމަތް ބޭނުންކުރުމަށްފަހުގައި ސިއްހީ ހާލަތަށް ބަލައި ފަރުވާ ހޯދުމަށް ދެން ދާން ޖެހޭނެ ތަނަކާ މެދު ހޮސްޕިޓަލުން އިރުޝާދު ދޭނެ ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އިމާޖެންސީ ރޫމް އަށް ވަނުމަށް އާންމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ވޯޑުތަކަށާއި ނޭޝަނަލް ކާޑިއެކް ސެންޓަރަށް ވަނުމަށް ބޭނުންވާ ފަރާތްތަކުންނަށް އެތަންތަނަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދޮރޯށިން ކަމަށެވެ. އަދި ލެބޯރެޓްރީ އަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރަން ޖެހޭނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ދޮރޯށި ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

އައިޖީއެމްއެޗް އިންވަނީ ކޯވިޑް-19 އަށް ރައްކާތެރި ވުމުގެ ގޮތުން  ބަލިމީހުނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް