ކޯވިޑް-19: ޕޮޒިޓިވްވި ގިނަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ރާއްޖެއިން 13 މީހުން މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު އޭގެތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން ކަމަށް ނެޝަނަލް ހެލްތު އެމެޖެންސީ ސެންޓަރުން މި...

16 Mar 2020 | 13:27

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ރާއްޖެއިން 13 މީހުން މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު އޭގެތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން ކަމަށް ނެޝަނަލް ހެލްތު އެމެޖެންސީ ސެންޓަރުން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން ނޫސްވެރިންނާ ބައްދަލުކުރައްވާ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ، 13 މީހުންގެ ތެރޭގައި ދެން ހިމެނެނީ ތުރުކީގެ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ސައުތު އެފްރިކާގެ މީހަކާއި ޖަރުމަނުގެ މީހެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންކަމަށެވެ.

ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ގައުމުތައް ސަރުކާރުން ހާމަކުރި މިއީ ފުރަތަމަ ފަހަރެއެވެ. އެ މީހުންގެ ގައުމުތައް މި ހާމަކުރީ، ކޯވިޑް-19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ނޫސްވެރިންނާ ބައްދަލުކުރައްވާ  އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތައް ވަރަށް ގިނަ ވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް