ކަރަންޓީންކުރާ މީހުން އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް: ޕީޖީ

ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 ޖެހިފައިވާ 13...

16 Mar 2020 | 13:10

ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 ޖެހިފައިވާ 13 މީހުން ރާއްޖެއިން ފެނުމާއެކީ އެ ވައިރަސްގެ އަލާމާތްތައް ހުރި ބައެއް މީހުން ކަރަންޓީން ކުރުމުގެ އިތުރު ވަނީ ގޭގައި އެކަހެރި ވެސް ކޮށްފައިވެ އެވެ. ނަމަވެސް އުސޫލާ ޚިލާފަށް އޭގެ ތެރެއިން ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުންނަ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން އެއީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި ކަރަންޓީން ކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް