ކޯވިޑް-19: މަޖިލީސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނި ކުރަން ހުށަހަޅަނީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން ހުށަހަޅައިފި އެވެ. އެ ޕާ...

16 Mar 2020 | 12:33

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން ހުށަހަޅައިފި އެވެ.

އެ ޕާޓިގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅަން އެ ގުރޫޕުން އެދިވަޑައިގެންފަވާ ކަމަށެވެ.

ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500 ރުފިޔާ އެވެ. ކޮންމެ މެމްބަރެއްގެ މުސާރައިގެ 20 ޕަސެންޓަކީ 8،500 ރުފިޔާ އެވެ.

https://twitter.com/aliaazim/status/1239491336895594500

މިއަދު މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަ ކުރުމަށް އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރު އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާލީ އިދާރާތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮރޯނާ ވައިރަހާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑުު އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް