ކޯވިޑް-19: ތަކުބީރު ކިޔަމުން ހިނގުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫން: މިނިސްޓްރީ

ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިދާނެ ކަމުގެ ބިރަށް ރަށްރަށުގައި ތަކުބީރު ކިޔަމުން މަގުތަކުގައި ހިނގިޔަސް އެއީ ސުންނަތުން ސާބިތުވާ ކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނ...

16 Mar 2020 | 12:10

ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިދާނެ ކަމުގެ ބިރަށް ރަށްރަށުގައި ތަކުބީރު ކިޔަމުން މަގުތަކުގައި ހިނގިޔަސް އެއީ ސުންނަތުން ސާބިތުވާ ކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބައެއް ރަށްރަށުގައި ތަކުބީރު ކިޔަމުން މަގުމަތީ ހިނގުން ނުވަތަ "ބޮޑުދުމާ ހިނގުން" ފަދަ ކަންކަން ކުރާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މިނިސްޓްރީން ބުނީ އެއީ ރާއްޖޭގެ ކުރީގެ ސަގާފަތެއް ކަމަށެވެ.

އެކަމަކު އެއީ ރަސޫލާ (ސއވ) ސުންނަތުން ސާބިތުވާ ކަމަކަށް ނުވާތީ އެގޮތަށް މަގުތަކުގައި ނުހިނގުމަށް ނަސޭހަތްތެރިވާ ކަމަށެވެ. މި ދަނޑިވަޅުގައި ގިނަ މީހުން އެއްތަނަށް އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ނުންކަމަށް ބުނެފައިވެ އެވެ.

އިތުރަށް ބުނެފައިވަނީ ފަރުޟު ފަސް ނަމާދު ކޮށް ދިނީ ކަންކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަންވުމަށް ނަސޭހަތްތެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ބައެއް ރަށްރަށުގައި ގިނަ ފިރިހެނުންތަކެއް އެއްވެ ރަށް ވަށާ ަކުބީރު ކިޔަމުން ހިނގަމުންނެވެ. އެކަމަކު އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް