ރަށްރަށް އަރާ ފޭބުން މަނާ ކުރުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެ: އެލްޖީއޭ

ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުން މަނާ ކުރުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެ ކަމަށް ލޯކަލް ގަވާމަންޓު އޮތޯރިޓިން ބުނެފި އެވެ. ރާއްޖޭގައި މިހާރު30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއު...

16 Mar 2020 | 07:28

ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުން މަނާ ކުރުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެ ކަމަށް ލޯކަލް ގަވާމަންޓު އޮތޯރިޓިން ބުނެފި އެވެ.

ރާއްޖޭގައި މިހާރު30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނީ އެ ރަށްރަށް އެރުން މަނާ ކުރަމުންނެވެ. ބައެއް ރަށްރަށުން ދަނީ އެ ރަށަކަށް ކޮންމެހެން ދާން ޖެހޭ ބޭނުމެއް އޮތްނަމަ ކައުންސިލުން ބުނާ ނަމްބަރަކަށް މެސެޖު ކުރުމަށް ފަހު ނޫނީ އެ ރަށަކަށް ނާރަންވެސް އަންގާފައިވެ އެވެ.

އެފަދަ ކަންކަމާއި ގުޅިގެން އެލްޖީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި ކުރުން މަނާ ކަންކަން އަންގަވާނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަމަށެވެ. އެހެން ކަމުން ރަށްރަށަށް އެރުން މަނާ ކުރުން ފަދަ ކަމެއް އެޗްޕީއޭގެ ޑައިރެކްޓަރު ނުނިންމަނާވާ ހިނދަކު ކައުންސިލްތަކުން އަމިއްލައަށް ގޮތްތައް ކަނޑަނޭޅުމަށް އަންގާ ކަމަށެވެ.

https://twitter.com/lgaMaldives/status/1239175820100452353

އެލްޖީއޭއިން ބުނީ ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއިން އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީހިނދު، އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށްށެވެ.

މިހާތަނަށް އެޗްޕީއޭއިން އަންގާފައިވަނީ ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ނުދިއުމަށެވެ. އަދި ޓޫރިސްޓުން އެއް ރަށުން އަނެއް ރަށަށް ނުދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް