ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން އޮޅުވެލި ބީޗް ރިސޯޓުން ބިދޭސީ ދެމީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު ނެގަޓިވް ވެފައިވާއިރު ދެވަނަ ޓެސްޓެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.
އޮޅުވެލި ރިސޯޓުން ކުރި ޓެސްޓްގެ ނަތީޖާ ކުރިން އިއުލާނު ކޮށްފައިނުވާއިރު ދުވަހަށް މައުލޫމާތުދެއްވަމުން ކޯވިޑާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެ ސާމްޕަލް ނެގަޓިވް ކަމަށާއި މިހާރު ފަސް މީހަކު އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެވަނަ ޓެސްޓެއް ކުރާނެ ކަމަށެވެ.
"ފަސް މީހަކު އައިސޮލޭޓް ކުރުމަށްފަހު ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ކުރާނެ" މަބްރޫކް ވިދާޅުވިއެވެ.
އެ ރިސޯޓުގައި ތިބި ބިދޭސީ ދެމީހެއްގެ ގައިން ކޯވިޑް-19ގެ އަލާމާތްތައް ފެނި، މޮނީޓަރ ކުރަމުން އަންނަކަން އެޗްޕީއޭއިން ހާމަކުރީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް