އެމްޓީސީސީ ފެރީގެ ހިދުމަތަށް ބިދޭސީން ލިޔެކިޔުން ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން އެމްޓީސީސީ ފެރީގެ ހިދުމަތް ބިދޭސީން ބޭނުން ކުރާނަމަ ލިޔެކިޔުން ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި އެވެ. އެމްޓީސީސީން ބުނީ މިގޮތަށް ...

16 Mar 2020 | 06:38

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން އެމްޓީސީސީ ފެރީގެ ހިދުމަތް ބިދޭސީން ބޭނުން ކުރާނަމަ ލިޔެކިޔުން ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި އެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ނިންމީ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަން ދިއުން އެޗްޕީއޭއިން މަނާކޮށްފައިވާތީ އެ އެންގުމަށް އަމަލު ކުރުމުގެ ގޮތުން ކަމަށެވެ. މިގޮތަށް އެމްޓީސީސީން އަމަލު ކުރަން ފަށާފައިވަނީ މި މަހުގެ14 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ކުންފުނިން ބުނީ މިހާރު އެމްޓީސީސީގެ ފެރީގައި އެއް ރަށުން އަނެއް ރަށަށް ޓޫރިސްޓުން ދިއުމަކީ މަނާ ކަމެއް ކަމަށާއި ޓޫރިސްޓުން ފެރީތަކަށް ނާރުވާނެ ކަމަށެވެ. އެކަމަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުން ދާން ހަމަޖެހިފައި ހުންނަ ގެސްޓް ހައުސް ހުންނަ ރަށަކަށް ފެރީގެ ހިދުމަތް ދޭނަމަ ޓޫރިސްޓުންނަށް ފެރީ ބޭނުން ކުރެވޭނެ ކަމަށެވެ.

ވީއައިއޭއިން އެމްޓީސީސީ ފެރީގެ ހިދުމަތް ހޯދަނަމަ އެ ޓޫރިސްޓެއްގެ ޓިކެޓާއި ޕާސްޕޯޓު އަދި ޓްރެވަލް ޑޮކިއުމެންޓްތައް ދައްކަން ޖެހޭނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް މިހާރު ފެރީގެ ހިދުމަތް ލިބޭނީ ވޯކް ޕާމިޓް ދެއްކުމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

https://twitter.com/MTCCPlc/status/1239421830407962625

އެޗްޕީއޭއިން ވަނީ ޓޫރިސްޓު އެކްސްކާޝަންތަކުގެ އިތުރުން މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފައި އެވެ. އަދި ރިސޯޓުތަކުގައި ތިބި އެއްވެސް މީހަކަށް މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވަނީ މަނާކޮށްފައި އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށެވެ. މިވަގުތު ރާއްޖޭގައ އޮތީ30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް