ކޯވިޑް-19: ޝެރަޓަންގެ ދެ ސާމްޕަލްވެސް ނެގެޓިވް، ރިސޯޓު ހުޅުވާލައިފި

ޝެރަޓަން އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ދެމީހުން ވައިހަރަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ ސާ...

16 Mar 2020 | 05:37

ޝެރަޓަން އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ދެމީހުން ވައިހަރަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ސާމްޕަލްތައް ނެގެޓިވް ވުމުން އެ ރަށް މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ރިސޯޓުން ވައިހަރަށް ޝައްކުވެގެން ޓެސްޓު ކުރީ ދެ ޓޫރިސްޓުންނެވެ.

މީގެ އިތުރުން މީރު އައިލެންޑް ރިސޯޓުން ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި12 މީހުންވެސް ވަނީ ނެގެޓިވްވެފައި އެވެ.

https://twitter.com/HPA_MV/status/1239411617768472576

މިހާތަނަށް ރާއްޖެއިން13 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ކުރެއްދޫ ރިސޯޓު، ކުރަމަތި ރިސޯޓު، އަނަންތަރާ ދުގު އަދި އައިލެންޑް ސަފާރީ1 ގެ އިތުރުން ބަތަލާ ރިސޯޓުންނެވެ.

އެ އެންމެންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ކުރަމަތި ރިސޯޓުގެ މުވައްޒަފުންނެވެ. ދެން ތިބި އެންމެންނަކީ ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް