ކޯވިޑް-19: މީރު ރިސޯޓުން ޝައްކު ވެގެން ޓެސްޓު ކުރި އެންމެން ނެގެޓިވް

މީރު އައިލެންޑު ރިސޯޓުން ކޮރޯނާ ވައިހަރަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރި މީހާ އާއި އޭނާ އާއި ގުޅުން ހުރެގެން ޓެސްޓު ކުރި އެންމެން ކޮރޯނާ ވައިރަހަށް ނެގެޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަނ...

16 Mar 2020 | 04:56

މީރު އައިލެންޑު ރިސޯޓުން ކޮރޯނާ ވައިހަރަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރި މީހާ އާއި އޭނާ އާއި ގުޅުން ހުރެގެން ޓެސްޓު ކުރި އެންމެން ކޮރޯނާ ވައިރަހަށް ނެގެޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ އެ ރިސޯޓުން12 މީހަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އެ އެންމެންވެސް ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާތީ އެކަން ރިސޯޓަށް އަންގާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ޓީމު އެރަށުން ފައިބައި، ރިސޯޓަށް އަރާ ފޭބުން ހުޅުވާލާފައިވާ ކަމަށެވެ.

https://twitter.com/HPA_MV/status/1239275998232772608

އެޗްޕީއޭއިން ދަނީ ބައްޔަށް ޝައްކު ކުރެވޭ މީހުން ފެންނަ ހުރިހާ ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ޝައްކު ކުރެވޭ މީހާ އާއި އެމީހާ އާއި ގުޅުން ހުރި ހުރިހާ އެންމެން ބައްޔަށް ޓެސްޓު ކުރަމުންނެވެ.

ރޭވެސް އެޗްޕީއޭއިން ވަނީ ތިން ރިސޯޓަކުން ހަތަރު މީހަކު ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވާ ކަމަށް ބުނެފައި އެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ.

މިހާތަނަށް ވައިރަހަށް ޕޮސިޓިވްވެފައިވަނީ13 މީހުންނެވެ. އެއީ ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް