ބޭރުން އައި ދިވެއްސަކު ކޯވިޑަށް ޝައްކު ކުރެވޭތީ އެކަހެރިކޮށްފި

ޤަތަރް އެއާވޭސްއިން ދަތުރުކުރި ދިވެއްސަކު ކޯވިޑް-19 އަށް ޝައްކު ކުރެވޭތީ އެކަހެރިކޮށްފިއެވެ. މި މައުލޫމާތު ހިއްސާކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ރާއްޖެއައި ޤަތަރް އެއަރވޭ...

16 Mar 2020 | 00:21

ޤަތަރް އެއާވޭސްއިން ދަތުރުކުރި ދިވެއްސަކު ކޯވިޑް-19 އަށް ޝައްކު ކުރެވޭތީ އެކަހެރިކޮށްފިއެވެ.

މި މައުލޫމާތު ހިއްސާކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެށިލިޓީއަށް ބަދަލު ކުރެވިފައިވާކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި  ނުވަ  ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި ކަމަށާއި އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައިކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުންކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1239285167912390656

ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު ރާއްޖެއިން ޖުމްލަ 13 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. ވިލިވަރުގައި 18 މީހަކު ކަރަންޓީނު ކޮށްފައިވާއިރު ފަރުކޮޅުގައި 11 މީހަކު އެކަހެރިކޮށްފައިވެއެވެ. ޕޮޒިޓިވް ވެފައިވާ13 މީހުންނަކީވެސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް