ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް

މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް212 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ. ބަޖެޓު ކަނޑައަޅާފައިވާ ވަރު ހާމަ ކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މ...

15 Mar 2020 | 19:15

މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް212 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ބަޖެޓު ކަނޑައަޅާފައިވާ ވަރު ހާމަ ކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒެވެ. އޭނާ ވިދާޅުވީ މި ބަޖެޓަކީ ރާއްޖެ މިވަގުތު އޮތް ހާލަތަށް ބަލައި ކޮންޓިންޖަންސީ ބަޖެޓުން ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ބަޖެތޫގެ ތެރޭގައި ބޭރު ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް ދޭ ހިލޭ އެހީ ނުހިމެނޭނެ ކަމަށެވެ.

މަބްރޫކު މީގެ ކުރިން ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅީގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޮރުކޮށް ދިނުމަށް ބޭރުގެ ބައެއް ގައުމުތަކުން އެހީދޭން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެހީގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވާ ގައުމުތަކާއި އަދަދުތައް އަދި ހާމައެއް ނުކުރެ އެވެ.

މި ބަޖެޓުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ފަރާތްތައް ގުޅިގެން ހަދާފައިވާ ޓޫރިޒަމް ޓްރަސްޓު ފަންޑުން ގެންދަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ބޭނުންވާ ސާމާނާއި ކަންކަން ބަލާ އެހީތެރިވެދެމުންނެވެ. އެގޮތުން މިހާތަނަށް އެއް މިލިއަން މާސްކު ގެނެސް، ސިއްހީ މާހިރުންގެ ޓީމެއް ގެންނަން ވަނީ ނިންމާފައި އެވެ.

ކޯވިޑް-19: އިން ރައްޔިތުން ރައްކާތެރިކަން މި ބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް