އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރޭން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި ރޭގެ މުޒާހަރާގެ ތެރޭން 23 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި އެމްޕީ މުހައްމާ، ޖުމްހޫރީ ޕާޓީގެ ވިމެންސް ލީގުގެ ވަލީދާ ވަލީދު އަދި މުޒާހަރާގެ އިތުރު ބައިވެރިން ހިމެނެ އެވެ.
ރޭ ހައްޔަރު ކުރި 23 މީހުން ދޫކޮށްލާފައިވާއިރު އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ "ހުއްޓުވާ" މުޒާހަރާގެ ތެރޭންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް