ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިޝާމް ހައްޔަރު ކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް ހައްޔަރު ކޮށްފި އެވެ. ވިޝާމް ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ "ހުއްޓުވާ" މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށެވެ. ވިޝާމް ނިސްބަތްވ...

16 Mar 2018 | 17:07

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް ހައްޔަރު ކޮށްފި އެވެ.

ވިޝާމް ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ "ހުއްޓުވާ" މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށެވެ.

ވިޝާމް ނިސްބަތްވާ ރާއްޖެ ޓީވީން ބުނެފައިވަނީ ވިޝާމް ހައްޔަރުކޮށްފައިވާކަން ކަށަވަރު ކުރެވުނު ނަމަވެސް ވިޝާމް ހައްޔަރުކުރީ ކީއްވެކަން އަދި ނޭނގޭ ކަމަށެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިޝާމް ހައްޔަރު ކޮށްފައިވާއިރު ހަމަ އެ ސްޓޭޝަންގެ ނޫސްވެރިޔާ ފަޒީން ވެސް މިރޭ ވަނީ ހައްޔަރު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް