ދާރުލްއާސާރު ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިކަމުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރަމުން ސިފައިންގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ނެޝަނަލް މިއުޒިޔަމް ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މިކަމާއި ގުޅިގެން ހަރަކާތްތެރިވާން ފަށާފައިވަނީ 20:50 ގައި ކަމަށާއި ކާރުގައި ރޮވެފައިވާ އަލިފާން 20:58ގައި ނިވާލެވިފައިވާކަމުގައި އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް