ރާއްޖެއިން ކޯވިޑް-19 ވެކްސިން ދިން މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފަިއވާ ގޮތުގައި މިހާތަނަށް 50،047 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 39،309 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި އެވެ.
އަތޮޅު ތެރޭގައި 10،519 މީހުންނަށް ކޯވިޑް-19 ވެކްސިން މިހާތަނަށް ދީފައިވެ އެވެ. އަދި ރިސޯޓުތަކުގައި 219 މީހަކަށް ވެކްސިން ދީފައިވެ އެވެ.
މިއަދު ވެކްސިން ޖެހި އަދަދަށް ބަލާއިރު ޖުމްލަ 6،230 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 4،020 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ.
2،090 މީހުންނަށް އަތޮޅު ތެރޭގެ ސެންޓަރުތަކުން މިއަދު ވެކްސިން ޖަހައިދީފައިވެ އެވެ. މީގެ އިތުރުން މިއަދު އެކަނި ރިސޯޓުތަކުގައި 120 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލޭގެ އަށް ސެންޓަރެއްގައި ކޯވޑް-19 ވެކްސިން ދީފައިވާ ކަމަށެވެ. އަތޮޅު ތެރޭގައި މިއަދު ވެކްސިން ދީފައިވަނީ 66 ސެންޓަރެއްގައި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް