އިތުރު 129 މީހުން ކޯވިޑަށް ޕޮސިޓިވް، 73 މީހަކު ބަލިން ރަނގަޅުވި

އިތުރު 129 މީހުން ކޯވިޑް-19 އަށް ޕޮސިިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 120 މީހުންނާއި ރިސޯޓުތަކުން ހަ މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހެކެވެ. ...

16 Feb 2021 | 17:03

އިތުރު 129 މީހުން ކޯވިޑް-19 އަށް ޕޮސިިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 120 މީހުންނާއި ރިސޯޓުތަކުން ހަ މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހެކެވެ.

ކޯވިޑަށް މިއަދު ޓެސްޓު ކޮށްފައިވަނީ 5،045 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،384 މީހުންނަށެވެ. އޭގެ ތެރެއިން 172 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 73 މީހުން ވަނީ ރަނގަޅުވެފައި އެވެ. މިއާއި އެކު ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 15،633 އަށް އަރާފައި އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 58 މީހުން ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 18،082 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް