މާލޭގައި ކާފިއު ހިންގާ މުއްދަތު ދެ ހަފްތާއަށް އިތުރު ކޮށްފި

މާލެ ސަރަހައްދުގައި ކާފިއު ހިންގާ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިމަހުގެ ދ...

16 Feb 2021 | 15:37

މާލެ ސަރަހައްދުގައި ކާފިއު ހިންގާ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެ އޮތޯރިޓީން ނެރެފައިވާ އެންގުމުގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ އާންމު ރައްޔިތުން ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި ރޭގަނޑު11:00 ފަތިހު4:30 އަށް އާންމުތަންތަނުގައި މީހުން އުޅުން މަނާކޮށްފައިވެ އެވެ. ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ވަކި ޕާކުތަކެއްގައި ކަސްރަތު ކުރުމެވެ.

އެއްގަމު އުޅަނދު ދުއްވުން އެ ދުވަހު މަނާ ކުރީ ރޭގަނޑު8:30 ން ފަތިހު4:30 އަށެވެ. އެކަމަކު އެ ނިންމުން އުވާލައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތައް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ހަވީރު6:00 ން ހެނދުނު6:00 އަށެވެ.

މާލޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލައި އެކިނަި ކުރާ ކަސްރަތު އެކަނި ކުރުމަށް އަންގާފައިވެ އެވެ.

މީގެ އިތުރުން ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް