މި ދެ މީހުން ވެލެންޓެއިންސްޑޭގައި ދެމީހުންގެ އަތުގައި ބިޑި އެޅުވީ ކީއްވެކަން އެނގޭތަ

އުކްރެއިންއަށް ނިސްބަތްވާ އެލެކްސެންޑްރާ އަދި ވިކްޓޯރިއާ މިފަހަރުގެ ވެލެންޓެއިންސްޑޭ ގައި ދެމީހުންގެ އަތުގައި އެއްކޮށް ޗޭނު އަޅުވައިފިއެވެ. މި ދެމީހުން މިކަން ކޮށްފައިވަނީ އެކުގައި އުޅެވެނީ ކިހާ ދުވަހ...

16 Feb 2021 | 15:36

އުކްރެއިންއަށް ނިސްބަތްވާ އެލެކްސެންޑްރާ އަދި ވިކްޓޯރިއާ މިފަހަރުގެ ވެލެންޓެއިންސްޑޭ ގައި ދެމީހުންގެ އަތުގައި އެއްކޮށް ޗޭނު އަޅުވައިފިއެވެ.

މި ދެމީހުން މިކަން ކޮށްފައިވަނީ އެކުގައި އުޅެވެނީ ކިހާ ދުވަހަކުތޯ ބެލުމަށް ކަމަށްވެއެވެ.

އެގޮތުން ރިޕޯޓްތަކުން ބުނާގޮތުގައި މިހާރުވެސް ފާހާނާއަށް ދިޔުމުގައި ދެމީހުންގެ މެދުގައި ދަނީ ހަމަނުޖެހުންތައް އިތުރުވަމުންނެވެ. އެހެން ނަމަވެސް ދެމީހުން ލުމަށްޓަކައި ޚާއްސަ ހެދުންތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އެއީ ދެމީހުންގެ އަތުގައި ޗެއިން އަޅުވާފައި އޮތަސް ޒިބުލާފައި ހުރުމުންނާއި އަދި ފަސޭހައިން ލެވޭ ގޮތަށް ފަރުމާ ކޮށްފައި ހުރުމުގެ ސަބަބުން ލާން ފަސޭހަ ވާނެ ހެދުންތަކެކެވެ.

މި ދެ މީހުން އަތުގައި ބިޑި އަޅުވައިގެން 3 މަސް ދުވަސް ވަންދެން އެކުގައި އުޅެން ނިންމައިގެން ތިބި ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް