ޝަމީތާ ޝެޓީ ސިންގަލްކޮށް ހުރެހުރެ ވަރުބަލިވެއްޖެ

ޝަމީތާ ޝެޓީ ސިންގަލްކޮށް ހުރެހުރެ ވަރުބަލިވެއްޖެ ކަމަށް ބުނެފިއެވެ. ސިންގަލްކޮށް ހުރެ ވަރުބަލިވީ ނަމަވެސް އެކަނިވެރިކަމުގެ ވަގުތުގައި ރަނގަޅު ނޫން ބައިވެރިއެއް އިޚުތިޔާރުކުރަން ބޭނުން ނުވާ ކަމުގައިވެސ...

16 Feb 2021 | 15:22

ޝަމީތާ ޝެޓީ ސިންގަލްކޮށް ހުރެހުރެ ވަރުބަލިވެއްޖެ ކަމަށް ބުނެފިއެވެ. ސިންގަލްކޮށް ހުރެ ވަރުބަލިވީ ނަމަވެސް އެކަނިވެރިކަމުގެ ވަގުތުގައި ރަނގަޅު ނޫން ބައިވެރިއެއް އިޚުތިޔާރުކުރަން ބޭނުން ނުވާ ކަމުގައިވެސް އޭނާ ބުންޏެވެ.

ޝަމީތާ ދައްތަ ކައިވެނީގެ ގޮށް ޖަހައިގެން އުޅޭ ރާޖް ކުންޑަރާވެސް ޝަމީތާގެ އުފަންދުވަހު ޝަމީތާ ސިންގަލްކޮށް ނުހުރެ އަވަހަށް ބައިވެރިޔަކު ހޯދުމަށް ބުނެފައިވެއެވެ. އަދި ޝަމީތާ އަމިއްލައަށް ބައިވެރިއެއް ނުހޯދާނަމަ ބައިވެރިޔަކު ހޯދަދޭނީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ވާހަކައާ ހަވާލާދީ ބޭރުގެ ނޫސްތަކުން ކުރި ސުވާލަށް ޖަވާބުދެމުން ޝަމީތާ ބުނެފައިވަނީ އޭނާވެސް ސިންގަލްކޮށް ހުރެހުރެ ވަރުބަލިވެފައިވާ ކަމަށެވެ. އަދި އާއިލާ މީހުން އެހެން ކިޔަނީ އެމީހުން ޝަމީތާ އުފަލުގައި އުޅޭތަން ދެކެން ބޭނުންވާތީ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް