ފަޅު ރަށެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވ. އަތޮޅު ފަޅުރަށެއްކަމުގައިވާ ވ. ފޮއްތޮޔެ ބޮޑުފުށީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަ...

16 Feb 2021 | 15:19

ވ. އަތޮޅު ފަޅުރަށެއްކަމުގައިވާ ވ. ފޮއްތޮޔެ ބޮޑުފުށީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 11:02 ހާއިރުގައެވެ.

"ބިދޭސީއެއް ކަމަށް ބެލެވޭ މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑިކަނޑަން އެ ރަށަށް ގޮސް އުޅުނު ބަޔަކަށް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް