ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި

ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައިފިއެވެ. ކަސްޓަމްސުން ބުނެފައިވާގޮތުގައި ފެބްރުވަރީ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝް...

16 Feb 2021 | 14:31

ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައިފިއެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި ފެބްރުވަރީ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ފްލައިޓް Q2 502 އިން ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދިޔަ ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެއްގެ އަތުން ތަފާތު އެކި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ.

އެގޮތުން މިމީހާގެ އަތުން އަތުލައިގަނެވުނު ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައިނުވާ ފައިސާއަށްވާއިރު، އަތުލައިގަނެވުނު ފައިސާގެ ޖުމްލަ އަކީ ދިވެހި ރުފިޔާއިން 1,148,278.27 (އެއްމިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުވިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވީސް ލާރި) އެވެ.

ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ދިވެހިރާއްޖެއިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް