ހާލުގައި ޖެހި ޑިންގީއެއްގައި އޮޔާދިޔަ ބިދޭސީއަކު ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއަކަށް، ހާލުގައިޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްނުން ހަރަކާތްތެރިވާންފަށާއިވާކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:12ގައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ޑިންގީ ވ. ފެލިދޫއަށް މިހާރު ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމީހާގެ އަތުގައި ހުރި ޑޮކިއުމެންޓަށް ބަލާއިރު އެއީ ލަނކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް