އަރިއަތޮޅުގެ ތިން ރަށެއްގައި އިންޖީނުގޭގެ އައު އިމާރާތް ހަދައިދޭނެ ފަރާތްތައް ހޯދަނީ

އަރިއަތޮޅުގެ ތިން ރަށެއްގައި އިންޖީނުގޭގެ އައު އިމާރާތް ހަދައިދޭނެ ފަރާތްތައް ހޯދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން އިއުލާނު ކޮށްފިއެވެ. އިންޖީނުގޭގެ އައު އިމާރާތް ހަދަން ނިންމާފައިވާ ތިން ...

16 Feb 2021 | 12:06

އަރިއަތޮޅުގެ ތިން ރަށެއްގައި އިންޖީނުގޭގެ އައު އިމާރާތް ހަދައިދޭނެ ފަރާތްތައް ހޯދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން އިއުލާނު ކޮށްފިއެވެ.

އިންޖީނުގޭގެ އައު އިމާރާތް ހަދަން ނިންމާފައިވާ ތިން ރަށަކީ، އދ. މަހިބަދޫ، އއ. ރަސްދޫގެ އިތުރުން އއ ހިމަންދޫގައެވެ.

މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން  -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު،  އަންދާސީހިސާބު ހުށަހެޅުއްވުމަށް އެމްޓީސީސީން އެދެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ.

ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 (ވިހި) ދުވަސް އިތުރުވާންވާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް