އިންޑިޔާގެ އަވަށެއްގައި، ސްކޫލް ކުއްޖެއް ރޭޕްކުރި ޕްރިންސިޕަލްއަކަށް މަރުގެ ހުކުމް. ބައިވެރިވި ޓީޗަރު އުމުރަށް ޖަލަށް

އިންޑިޔާގެ އަވަށެއްގައި، ސްކޫލް ކުއްޖެއް ރޭޕްކުރި ޕްރިންސިޕަލް އަކަށް މަރުގެ ހުކުމް އިއްވައިފިއެވެ. އަރްވިންދް ކުމާރު ނަމަކަށް ކިޔާ މި ޕްރިންސިޕަލް ރޭޕްކޮށްފައި ވަނީ 11 އަހަރުގެ ކުއްޖެއެވެ. ފަހުން އެ ...

16 Feb 2021 | 11:22

އިންޑިޔާގެ އަވަށެއްގައި، ސްކޫލް ކުއްޖެއް ރޭޕްކުރި ޕްރިންސިޕަލް އަކަށް މަރުގެ ހުކުމް އިއްވައިފިއެވެ. އަރްވިންދް ކުމާރު ނަމަކަށް ކިޔާ މި ޕްރިންސިޕަލް ރޭޕްކޮށްފައި ވަނީ 11 އަހަރުގެ ކުއްޖެއެވެ. ފަހުން އެ ކުއްޖާ ބަނޑުބޮޑެވެފައި ވެއެވެ.

އެ ކުއްޖާއަށް 15 ލައްކަ ރުޕީސް ދޭން  ކޯޓުން ޕްރިންސިޕަލްގެ މައްޗަށް ހުކުމް ކޮށްފައި ވާއިރު، 1 ލައްކަ ރުޕީސް ކޯޓަށް ދައްކަން ހުކުމް ކޮށްފައި ވެއެވެ.

އަދި މިކަމުގައި ބައިވެރިވި އަބީޝޭކް ކުމާރު ނަމަކަށް ކިޔާ ޓީޗަރަކު ވަނީ50،000 ރުޕީސް އިން ޖޫރިމަނާ ކޮށްފައެވެ. މި ފައިސާ ކޯޓުން ވަނީ ރޭޕް ކުރި ކުއްޖާއަށް ދޭން ނިންމާފައެވެ. އަދި މި ޓީޗަރު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ.

މިއީ2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ މެދެދުގައި ހިނގި ހާދިސާއެކެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވާކަން ފަޅާއެރީ، ބަނޑުބޮޑު ވުމުންނެވެ. އެކުއްޖާ ހޮޑުލާތީ ޑޮކްޓަރަށް ދައްކައިގެން ބެލިއިރު އެކަން ގަޔީންވީއެވެ. އޭގެފަހުން އެކުއްޖާގެ މައިންބަފައިން ޕޮލިހަށް މައްސަލަ ހުށެހެޅީއެވެ.

އަންހެއް ކުއްޖާގެ ޑީއެންއޭ ނަގައި ޓެސްޓްކުރި އިރު، ޕްރިންސިޕަލްގެ ޑީއެންއޭއާ ދިމާވެއެވެ.

އެނގިފައިވާ ގޮތުގި ދެ މަސް ތެރޭގައި ހަ ފަހަރަށް ޕްރިންސިޕަށް ވަނީ އެ ކުއްޖާ ރޭޕްކޮށްފައެވެ. އެންމެ ފުރަތަމަ އެކުއްޖާ ރޭޕްކުރި ތަނަށް ފޮނވަން އެހީތެރި ވެދިނީ ޓީޗަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް