7000 ހައުސިންގ ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާލައިފި

ސަރުކާރުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ.އި...

16 Feb 2021 | 10:58

ސަރުކާރުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ.އިން ނިންމާލައިފިއެވެ. މިމަޝްރޫޢުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ.އިން ނިންމާލާފައިވަނީ ތާވަލް ކޮށްފައިވާ މުއްދަތުގެ ކުރިންނެވެ.

ހިޔާ މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ،7,000  ހައުސިންގ ޔުނިޓަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ، 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވާރކް އާއި، 3.5  ކިލޯމީޓަރގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް އަދި 200 މީޓަރުގެ ދިގު ޕަމްޕިންގލައިން ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޤާއިމް ކުރެވިފައެވެ. މީގެ އިތުރުން 7,000 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަންޕިންސްޓޭޝަން ބަހައްޓައި، 16 ޓަވަރަށްވެސް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ. އަދި ހައުސިންގ ޔުނިޓް ތަކުގައި ބަހައްޓަންޖެހޭ ފެންމީޓަރު ތައްވެސް ވަނީ ބަހައްޓާ ނިމިފައެވެ.

މިމަޝްރޫޢުގެ ސަބަބުން، އަލަށް ތަރައްޤީ ކުރެވިގެންދިޔަ ހުޅުމާލޭގެ 7,000 ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް