ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2021 ފެބްރުއަރީ 19 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ޚުތުބާ ކުރު ކުރަން ނިންމާފައި ވާއިރު، ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.
އެގޮތުން ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަޙައްދުގައި އެއްފަހަރާއި 10 މީހުންށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން މަނާކޮށްފައިވެއެވެ.
އަދި މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް، މަނާކޮށްފައިވެއެވެ.
އޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ކަނޑައަޅައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އަންގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް