ޑރ. ޒާހިރު އީސީއަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރައް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޒާހިރު އީސީގެ މެމްބަރ...

16 Feb 2021 | 10:01

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރައް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޒާހިރު އީސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުންނެވެ.

ޑރ. މުހައްމަދު ޒާހިރަކީ ކުރިން އީސީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކޮށްފައިވާ ޒާހިރު ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި ވެސް އޭނާ މަސައްކަތް ކުރައްވައެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާދެއްވީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުުުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ބަލައި އޭނާ މަގާމުން ވަކި ކުރަން ތަޅުމަށް ހުށަހަޅަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް