ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އެބަ ދެއެވެ. އެގޮތުން، ހޯދަމުންދާ ދެ ބިދޭސީން...

16 Feb 2021 | 09:24

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އެބަ ދެއެވެ.

އެގޮތުން، ހޯދަމުންދާ ދެ ބިދޭސީންނަކީ ތާރާ މިއަ (38އ) އާއި ކަމާލް (36އ) ކަމަށް ފުލުހުން ހާމަކުރެއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް