ޝައިޙް އަލީ ޒައިދަށް އަންހެން ކުއްޖެއް ލިބިވަޑައިގެންފި

ޝައިޙް އަލީ ޒައިދަށް އަންހެން ކުއްޖެއް ލިބިވަޑައިގެންފިއެވެ. އެކަން ހާމަކުރައްވާ ޒައިދުގެ ފޭސްބުކް އަމިއްލަ އެކައުންޓްގައި އަދި ޕަބްލިކް އެކައުންޓްގައި ސްޓޭޓަސް ޖެހުމާއެކު ގިނަބަޔަކު ދަނީ ތަހުނިޔާ ކިޔ...

16 Feb 2021 | 09:19

ޝައިޙް އަލީ ޒައިދަށް އަންހެން ކުއްޖެއް ލިބިވަޑައިގެންފިއެވެ. އެކަން ހާމަކުރައްވާ ޒައިދުގެ ފޭސްބުކް އަމިއްލަ އެކައުންޓްގައި އަދި ޕަބްލިކް އެކައުންޓްގައި ސްޓޭޓަސް ޖެހުމާއެކު ގިނަބަޔަކު ދަނީ ތަހުނިޔާ ކިޔަމުންނެވެ.

އެގޮތުން ޒައިދުގެ ސްޓޭޓަސް އަށް 1300 އަށް ވުރެ ގިނަ މީހުން ރިއެކްޓް ކޮށްފައި ވާއިރު، 100 އަށް ވުރެ ގިނަ މީހުން ކޮމެޓް ކޮށް މަރުޙަބާ ކިޔާފައި ވެއެވެ.

މަރުޙަބާ ކިޔުމުގެ އިތުރުން ބައެއް މީހުން ވަނީ، ދަރިއަކު ލިބޭ މީހާއަށް ކުރާ ދުޢާވެސް ކޮމެންޓް މެދުވެރިކޮށް ޒައިދަށް ފޯރުކޮށްދީފައެވެ.

“باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ”

“ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ. އަދި އެކުއްޖާ ޒުވާންއުމުރާ ހަމައަށް ފޯރާހުށިއެވެ! އަދި އެކުއްޖާ ހެޔޮކޮށްހިތުމުގެ ތައުފީޤު ތިބާއަށް ދެވޭހުށިއެވެ!”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް