ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ހުދުމުހުުތާރު ވެރިއެއް ކަން މިހާރު ހާމަވެގެން ގޮސްފި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވީ ފުރިހަމަ ތަރައްގީއެއް ރާއްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވުމުންނެވެ. ރާއްޖެ ޓީވީގައި މަބުރޫކް ވިދާޅުވީ ދެދައުރު ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ ފަހު ދައުރުގައި ކަންކަން ޑެލިވަރީ ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރަން ވިސްނަން ނުޖެހޭނެ ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވާ ކަމުގެ އިޝާރާތެއް މިހާ އަވަހަށް ކުރެއްވުމަކީ ހުދުމުތާޜުކަން އަންގައިދޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ރާއްޖެއަް ބަރުލަމާނީ ނިޒާމު ގެންނަން ކަމަށެވެ.
https://twitter.com/Adamshareefz/status/1361584143696470019
އެ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް