ވެލިގާ ހާޑްވެއަރ އިން މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޯލޮޖީ ގެ ފަރނިޗަރ ކާޕެންޓްރީ އެންޑް ވުޑްވޯކިން ޕްރޮގްރާމަށް ބޭނުންވާ ޓޫލްސް އަދި އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ. ހުޅުމާލޭގައި ހުންނަ އެމްއައިޓީ ކެންޕްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވެލިގާ ހާޑްވެއަރ އިން ތަކެތި ހަވާލުކޮށްދެއްވީ އެތަނުގެ ބްރޭންޑް މެނޭޖަރ އަލްފާޟިލް މަހްދީ އިޖާޒެވެ.
ވެލިގާ ހާޑްވެއަރ އަކީ އެމްއައިޓީ ޒުވާނުންނަށް މަސައްކަތްތެރި ކަމުގެ ދާއިރާއިން ހިންގޭ މިފަދަ ޕްރޮގްރާމްތަކުގައި އެމްއައިޓީއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރިކޮށްދޭ ފަރާތެއްކަމުގައި އެމްއައިޓީ އިން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން، އެމްއައިޓީގެ ކާޕެންޓްރީ ޕްރޮގްރާތަކުގައި ޓޫލްސް ގެންގުޅުމާއި ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގައި ވެލިގާ ހާޑްވެއަރގެ ވަރަށް ބޮޑުއެހީތެރިކަން ފޯރުކޮށްދެއެވެ.
އެމް.އައި.ޓީއިން އަންނަނީ ދިވެހި ޒުވާނުން ހުނަރުވެރި ކުރުމުގެ ގޮތުން ތަފާތު ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތައް ހިންގަމުންނެވެ.
މިގޮތުން ވަޑާމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ނިޔަތުގައި، ކުރު ކޯސްތަކާއި، ޓިވެޓް އޮތީރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑަށް ހިންގޭ ސެޓްފިކެޓް ލެވެލް-3 އިން ފަރނިޗަރ ކާޕެންޓްރީ ކޯސްތައްވެސް އެމް.އައި.ޓީއިން އަންނަނީ މެދުނުކެނޑި ހިންގަމުންނެވެ.
އެމް.އައި.ޓީއިން ވިދާޅުވާ ގޮތުގައި ވެލިގާ ހާޑްވެއަރ އިން ހަދިޔާ ކުރެއްވި ޓޫލްސްތަކުގެ ސަބަބުން މިހާރު އެމް.އައި.ޓީއިން ހިންގާ ކޯސްތަކުގެ ފެންވަރު އިތުރަށް މަތިވެގެން ދާނެއެވެ.
ވެލިގާއިން ހަދިޔާ ކުރެވުނު ޓޫލްސްތަކުގެ ތެރޭގައި މެޓާބޯ ބްރޭންޑްގެ ތަފާތު ސާމާނުތަކގުގެ ތެރެއިން ކަރަންޓް ކީހުގެ އެކި ވަރައިޓީސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް