ލޮނުމެދަކީ އޭގެން ދުވާ ވަހާ އެއްވަރަށް ފައިދާވެސް ބޮޑު އެއްޗެއް

މެދުއިރުމަތީ ހިސާބަކުން ތައްޔާރުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ލޮނުމެދު ކެއުމުން އުރަމަތީގެ ކެންސަރު ޖެހުމުން 59 އިންސައްތައަށް ދުރުކޮށްދެއެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް އެންމެ މަދުވެގެން...

16 Feb 2021 | 08:34

މެދުއިރުމަތީ ހިސާބަކުން ތައްޔާރުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ލޮނުމެދު ކެއުމުން އުރަމަތީގެ ކެންސަރު ޖެހުމުން 59 އިންސައްތައަށް ދުރުކޮށްދެއެވެ.

އެގޮތުން ކޮންމެ ހަފުތާއަކުވެސް އެންމެ މަދުވެގެން ހަތް ގުރާމު ލޮނުމެދު ކައިފައިވާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުން 59 އިންސައްތަ ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން 7 ގުރާމު ލޮނުމެދަކީ ގާތްގަނޑަކަށް ހަފުތާއަކަށް 2 ނުވަތަ 3 ލޮނުމެދެވެ. އެހެން ކަމުން ހަފުތާއެއްގެ 2 ނުވަތަ 3 ދުވަހުގެ ކެއުމުގައި ލޮނުމެދު ހިމެނުމުންވެސް 7 ގުރާމު ބޭނުންކުރެވުނީއެވެ.

ލޮނުމެދުގައި ހުންނަ ބާރު ގަދަ ވަހާއި އަދި ރަހައިގެ ސަބަބުންވެސް ކެންސަރ ސެލްތައް މަރުވާކަމަށް މި ދިރާސާއިން ދައްކައެވެ. އެހެން ނަމަވެސް ކައްކައިގެން ނުވަތަ ތެލުލައިގެން ނުވަތަ ފިހެގެން ބޭނުން ކުރުމުން އޭގެން ލިބޭ ފައިދާ މަދުކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

އެހެން ކަމުން ލޮނުމެދުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބެނީ އެ ރޮލަށް ބޭނުންކުރުމުންނެވެ. މި ބައިގައި ފިޔަލާއި ލީކްސް ފަދަ ތަކެތިވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް