ސިލްސިލާ ވާހަކަ: ޒާރާ- ހަތްދިހަ ތިންވަނަބައި

ޒާރާގެ ހަށިގަނޑުގައި  ފަހުދު ފިރުމާލިއެވެ. އެ ފިރުމުމުގެ އަސަރު ނިދީގެ މަސްތުގައި އޮތް ޒާރާއަށްވެސް ކޮއްފިކަން ޔަގީނެވެ. ޒާރާއަދިވެސް ބޮޑަށް ފަހުދާ ގާތްވެލިއެވެ. އެ ތުނިތުނި ހަށިގަނޑު ފަހުދުގެ ހަށިގަނ...

16 Feb 2021 | 08:04

ޒާރާގެ ހަށިގަނޑުގައި  ފަހުދު ފިރުމާލިއެވެ. އެ ފިރުމުމުގެ އަސަރު ނިދީގެ މަސްތުގައި އޮތް ޒާރާއަށްވެސް ކޮއްފިކަން ޔަގީނެވެ. ޒާރާއަދިވެސް ބޮޑަށް ފަހުދާ ގާތްވެލިއެވެ. އެ ތުނިތުނި ހަށިގަނޑު ފަހުދުގެ ހަށިގަނޑާޖެހި ފިތި ބާރުވެގެން ދިޔައެވެ.

އިމްރާން...............'' ޒާރާގެ އަނގައިން މަޑުމަޑު އާހެއްގެ ގޮތުގައި އަޑު ނިކުތެވެ. އޭނާ އެ ގޮވާލީ އިމްރާނަށެވެ. އެމަސްތު ކަމުގެ ތެރެއިން ޒާރާ އިމްރާނަށް އެގޮވަނީ ކީއްވެގެންކަން ފަހުދަށް އެނގެއެވެ.

ފަހުދުގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ޒާރާގެ ހަރަކާތްތަކުން ފަހުދަށް ލިބެމުންދިޔަ މެސެޖުގެ ބޭނުން އޭނާ ހިފަން ގަސްދުކުރީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ޒާރާގެ ރީތި ހަށިގަނޑު މިވަގުތު އެއޮތީ ފަހުދު ބޭނުންވި ހިސާބުގައެވެ. އެ ޒުވާން ޖިސްމުގެ ފޮނިކަމާ ލައްޒަތު ހާސިލްކުރުމަށް ފެންބޮވައިގެންފައިވާ ފަހުދުގެ ކަރުހިއްކުން ފިލުވާލަން މިރޭ ފަހުދު ބޭނުމެވެ.

ވަގުތު ނަގާލާކަށް ފަހުދު ބޭނުމެއް ނޫނެވެ. އެހެންކަމުން ފަހުދުގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޒާރާގެ ނާޒުކު ހަށިގަނޑު ގައިދު ކޮއްލީ ނުހަނު ހުޝިޔާރުކަމާއެކުގައެވެ.

ޒާރާއަށް ފެންނަމުން ދިޔައީ ހުވަފެނެކެވެ. ނޫނީ އޭނާއަށް ފަހުދު ދިން ބޭހުގެ ސަބަބުން ނޫންކަމެއްވެސް ނޭނގެއެވެ.  އޭނާގެ ނޭފަތުގައި ޖެހެމުން ދިޔައީ އިމްރާނުގެ ގައިން ދުވާ މަޑުމަޑު މީރުވަހެވެ. އެވަހާ ދުރަށް ދާން ޒާރާ ނޭދޭ ހިތްގައިމުވަހެވެ. އޭނާއަށް އިހްސާސް ކުރެވެމުން ދިޔައީ އިމްރާން އޭނާގެ ނުހަނު ގާތުގަ ހުރިކަމުގައެވެ.

ޒާރާއަށް އިމްރާންގެ ލޯބިވެތި ފިރުމުންތައް އިހްސާސް ކުރެވެމުންދަނީއެވެ. ލޯ ހުޅުވާލަން އޭނާ ކިތަންމެ ފަހަރަކު މަސައްކަތް ކޮއްފިއެވެ. އެހެންނަމަވެސް ލޮލެއް ނުހުޅުވުނެވެ. އޭނާއަށް އިހްސާސްވަމުން ދަނީ ހަގީގަތެއްކަމެއް ނުވަތަ ފެންނަމުން ދަނީ ހުވަފެނެއްކަމެއް ޔަގީން ނުވާހާލު ފަހުދުގެ ކޮންމެ ހަރަކާތަކަށް އިޖާބަދެމުން ދިޔައީ ޒާރާގެ އިޚްތިޔާރެއް އެކަމުގައި ނެތް ހާލުގައެވެ.

ޒާރާއަށް އިހްސާސްކުރެވެނީ އިމްރާން ދެއަތުން އޭނާ ވަށާލާފައިވާ ކަމުގެ ފޮނި އިހްސާސެވެ. ބޭހުގެ ބާރުގައި ހަމަބުއްދި ފިލާފައިވާ ޒާރާއަށް ހިނގަމުންދާ ކަންތައް މާރަނގަޅަށް ނޭގުނަސް އޭނާ އެދޭފަދަ ހިތްހަމަ ޖެހުމެއް އިހްސާސް ކުރެވެމުންދާކަން އެނގެއެވެ. އެހެންކަމުން ފަހުދަކީ އިމްރާން ކަމުގައި ދެކި، ފަހުދުގެ ހަރަކާތްތަކަށް އެއްވެސް ނުރުހުންތެރިކަމެއް، ދެކޮޅުހެދުމެއް ޒާރާ ނުދައްކައެވެ.

ވަގުތުކޮޅަކަށްފަހު، ފަހުދު ބޭނުންވާ ހުރިހާކަމެއް ހާސިލްވެއްޖެއެވެ. ޒާރާގެ ނުހަނު ގާތުގައި ފަހުދު އޮށޯވެލިއެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާ ވަރުބަލިކަމުގެ ސަބަބުން އޭނާއަށް ލޯމަރާލެވުނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އެތައްދުވަހަކުންސުރެ އޭނާ ދެކެމުންއައި ހުވަފެން ހަޤީގަތަކަށް ވީމައެވެ.

އިރުކޮޅަކު އެގޮތަށް އޮތުމަށްފަހު ފަހުދު ލޯ ހުޅުވާލިއެވެ. ޒާރާގެ މޫނަށް ބަލާލިއެވެ. އޭނާ ވަނީ ގަދަނިދީގެ ތެރެއަށް ގަރަޣު ވެފައެވެ. ޒާރާގެ މަޑުމަޑު ނޭވާގެ އަޑު ފަހުދަށް އިވެމުންދެއެވެ. ފަހުދު އެނދުން ތެދުވިއެވެ. އެނދުގެ ސައިޑް ޓޭބަލް މަތީގައި އޮތް ފަހުދުގެ ފޯނު ނެގިއެވެ. ކެމެރާ ހުޅުވާލިއެވެ. ފްލެޝް އޮން ކޮއްލުމަށްފަހު ފަހުދު ބޭނުން ހުރިހާ ގޮތަކަށް ޒާރާގެ 'ރީތިކަން' ކެމެރާގެ ޒަރީއާއިން ފޯނުގައި ގައިދު ކުރިއެވެ.

''ތޭންކްސް....... ސްވީޓް ހާޓް........... '' ފުން ނިދީގެ މަސްތުގައި އޮތް ޒާރާގެ ކަންފަތް ދަށަށް ގުދުވެލަމުން ފަހުދު ބުނެލިއެވެ.

ދޫލަމަތީގައި އެތަންމިތަނަށް އުކާލެވިފައިވާ އަންނައުނުތަކުގެ ތެރެއިން ފަހުދުގެ ޖިންސާއި ޓީޝާޓް ނެގިއެވެ. އޭނާ ޖިންސް ލުމަށްފަހު ޓީޝާޓް ބޮލުން ވައްޓާލިއެވެ.

''ނިންދަވާފައި' އޮތް ޒާރާގެ ފޭރާމެއް ނެތް ހަށިގަނޑު ރަޖާގަނޑުން ނިވާކޮއްލުމުގެ ކުރިން އެރީތި ހަށިގަޑަށް އަދިވެސް އެއްފަހަރު ފަހުދު ބަލާލިއެވެ. ފަހުދުގެ ތުންފަތް މަތީގައި ރަސްކަންކުރަމުންދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަމިއްލަ ނަފުސާމެދު ފަޚުރުވެރި ވެވުނެވެ. ކުރިމަތިލާ ކޮންމެކަމެއް ހާސިލްކުރުމަކީ ފަހުދުގެ މޮޓޯއެވެ. މިއީވެސް ފަހުދުގެ ކާމިޔާބީގެ އަލިގަދަ ހެއްކެކެވެ. މިފަހަރު ފަހުދަށް ކާމިޔާބު މިވީ އޭނާ އެންމެ ހީނުކުރާ ކަންތަކެވެ.

އަވަސް އަވަހަށް ޒާރާގެ ގައިމަތީގައި ރަޖާގަނޑު އަޅާ ނިވާކޮއްލިއެވެ. އަދި އެނދުމަތީގައި އޮތް ފޯނު ޖީންސްގެ ޖީބަށް ކޮއްޕާލިއެވެ. އެވަގުތު އަނގޮޓިމަތިން ފަހުދު ހަނދާންވިއެވެ. އަވަސްއަވަހާ އަނގޮޓި ނެގިއެވެ. ޒާރާގެ ކަނައަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވާލުމަށްފަހު އެ ރީތި އަތްތިލައިގައި ތުންތަފް ޖައްސާލިއެވެ.

ދާން ހިނގައިގަނެފައި ފަހުދު ހުއްޓުނެވެ. އެނބުރި ހިގައިގަތީ ޒިލީގެ ކުޑައެނދާ ދިމާއަށެވެ. ފަހަރެއްގައިވެސް ޒިލީއަށް ދެރަގޮތެއް ވާކަށް ފަހުދު ނޭދެއެވެ. އޭނާގެ އަމިއްލަ އެދުމުގެ ޝިކާރަޔަކަށް އެ މައުސޫމް ކުއްޖާ ވިޔަދީގެން ނުވާނެކަމަށް ފަހުދަށް ވިސްނުނެވެ. މަޑުމަޑުން ޒިލީ ނަގައިގެން ގެންގޮސް ޒާރާގެ ގާތުގައި ބޭއްވިއެވެ. ޒިލީ ދުރުގައި އޮވެގެން ރުޔަސް ޒާރާއަށް މިރޭ ހޭނުލެވޭނެކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ ފަހުދެވެ. އެނދުގައި ބޭއްވި އިރުވެސް ޒިލީ އޮތީ ރީތިކޮއް ނިދާފައެވެ.

''ދަނީ............ ފަހަރީ............ގުޑްނައިޓް...........'' ފަހުދު ކޮޓަރިން ނިކުތުމުގެ ކުރިން ބުނެލިއެވެ. ހަމަހިމޭން ކަމުގެ ތެރެއަށް ފަހުދުގެ އަޑު އޮބިގެން ދިޔައެވެ.

ބޮޑުދައިތަގެ އެޕާޓްމަންޓަށް ވަދެވުމާއެކު ފަހުދަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގޭތެރޭގައިވަނީ ހަމަ ހިމޭން ކަމެވެ. އެއްވެސް މީހަކު ހޭލާ ނޫޅޭކަން ޔަގީނެވެ. އަވަސްއަވަހަށް  އޭނާގެ ކޮޓަރިއަށް ވަނެވެ. އެއްޗިހި ބަދަލު ކުރުމެއް ނެތި އެނދުމައްޗަށް ވެއްޓިގަތެވެ. ނިދަން ކިތަންމެ ބޭނުމަސް ފަހުދުގެ ލޮލަކަށް ނިންޖެއް ނައެވެ. ލޯ މަރާލާއިރަށް ފެންނަނީ ޒާރާގެ ރީތި ހަށިގަނޑެވެ. ސިފަކުރެވެނީ ޒާރާއާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. އެވަގުތުކޮޅު އަލުން ތަކުރާރުވާން ފަހުދު ބޭނުމެވެ. އެހެނަސް އެއީ ލިބޭނެ މަދު ފުރުސަތު ތަކުގެ ތެރެއިން އެއް ފުރުސަތުކަންވެސް އޭނާއަށް ގަބޫލުކުރެވޭމެއެވެ.

***************

ފިނިފިނި ފަތިހުގެ ހިތްގައިމު ކަން ދެކިލުމަށް ކޮންމެ ދުވަހަކުވެސް ޖީނާ ބެލްކަންޏަށް ނިކުމެއެވެ. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ހަށިގަޑު ތާޒާކޮއްލާ ޖައްވުގެ ފިނިވައި ލިބޭ މާހައުލެއްގައި ކޮފީ ބޯލުމަކީ އޭނާ ނުހަނު ހިތްހަމަޖެހޭ ކަމެކެވެ.

ކުޑަވަގުތުކޮޅެއް ބެލްކަނީގައި ހޭދަކޮއްލުމަށްފަހު ޖީނާ ދިޔައީ މައްޗަށެވެ. ކުޑަވަގުތުކޮޅެއް ބެލްކަނީގައި ހޭދަކޮއްލުމަށްފަހު ބަދިގޭ މަސައްކަތަށް ޖީނާ އެނބުރުނެވެ.

ސަރީފާއަށް ހޭލެވުނީ ގަޑިން ހަގަޑި ބައި ވަނިކޮށެވެ. ފާރުގަ ހުރި ގަޑިއަށް ބަލާލެވުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފަތިސް ނަމާދަށް ނުހޭލެވުނީތީ ކަންބޮޑުވިއެވެ. ފޯނު އެލާމް ކުރަން ނުޖެހި ގަވާއިދުން ފަތިސް ނަމާދަށް ސަރީފާ ތެދުވާތާ އެތައް އަހަރެއް ވެއްޖެއެވެ. މިފަދަގޮތެއް މިއިން ދުވަހަކުވެސް ދިމާނުވެއެވެ.

އެނދުން ތެދުވެ އިށީނުމާއެކު ބޮލުގައި ރިހުމެއް ހުރިކަމުގެ އިހްސާސް ކުރެވުނެވެ. އެހެންނަމަވެސް އެއީ އާދައިގެ ކަމެއް ކަމުގައި ނިންމުމަށްފަހު އަވަސްވެގަތީ ފެންވަރާ ނަމާދު ކުރުމަށެވެ.

''ސައި ހަދާ ނިމުނީތަ....................'' ސިޓިން ރޫމަށް ނިކުތް ސަރީފާ ސުވާލުކޮއްލީ ބަދިގެ ތެރޭގައި ހުރި ޖީނާއާއެވެ.

''އަދި ކުޑަ ލަސް ހުންނަނީ.......... އަދި ޓެންމިނެޓްސް ހުންނަނީ..........މެޑަމް..............'' ޖީނާ ޕާންކޮޅު ޓޯސްޓަރަށް ލަމުން ޖަވާބުދިނެވެ.

''އެންމެ ރަނގަޅު............ އަހަރެން މިދަނީ ޒިލީބޭބީ ދެކިލަން............. ޖީނާ ނިމިގެން އާދޭ ސައިހިފައިގެން އިނގޭ..........'' ސަރީފާ ޖީނާއަށް ކަންތައްކުރަންވީގޮތް ބުނެދިނެވެ. ޖަވާބުގައި ޖީނާ ބޯ ހަލުވާލިއެވެ.

އިމްރާނުގެ ކޯލެއް ސަރީފާއަށް އައި އެވަގުތުއެވެ.

''ހާދަ ހެނދުނަކާ.......... ދަރިފުޅާ އަނެއްކާ ކަމެއް ގޯސްވީތަ.........'' ސަރީފާ ހާސްވާގޮތް ވިއެވެ.

''ނޫނޭ މަންމާ......... ޒާރާ އަށް ނުގުޅިގެން މިއުޅެނީ........... އެހެންވެ މަންމަ އަށް މިގުޅީ އެހެންވެ............'' އިމްރާން އޮޅުންފިލުވައިދިނެވެ.

''މަންމަ މިދަނީ އެބަޔަށް ދާން............ މަންމަ ގުޅާނަން............'' ސަރީފާ އަވަސް އަވަހާ ހިނަގަތީ ލިފްޓާ ދިމާލަށެވެ.

ޒާރާއަށް ލޯހުޅުވާލެވުނީ މައިދައިތަ ދޮރުގައި ތަޅާ އަޑަށެވެ. ލޯ ހުޅުވާލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ޒާރާއަށް ހައިރާންކަމެއް ލިބުނީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އަވަސް އަވަހާ ރަޖާގަނޑު ގަޔާލާ ބޮނޑިކޮއްލެވުނެވެ. އެވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ އެނދުގެ ތިރީ ދޫލަމަތީގައި އޮތް އޭނާގެ ނިދާހެދުމާ ހަރުވާޅެވެ. ''ޒާރާ............... ދަރިފުޅާ................'' މައިދައިތަ ހުއްޓުމެއްނެތި ގޮވަމުން ދިޔައެވެ. އެހެންކަމުން އިތުރުކަމަކާ ވިސްނާލާނެ ފުރުސަތެއް ޒާރާއަކަށް ނުލިބުނެވެ. އަވަސް އަވަހާ ޓީޝާޓަކާ ހަރުވާޅެއް ލުމަށްފަހު ދޮރު ހުޅުވާލިއެވެ.

---------------------------------------------

ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ 18 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް