ބައެއް ފަހަރަށް ދައްކާ ވާހަކައެއްގެ ސަބަބުން ނުވަތަ ވާހަކަ ދެއްކޭ ރާގަކުންވެސް މީހުންގެ މެދުގައި ދެބަސްވުން އުފެދެއެވެ. އެހެން ނަމަވެސް މިފަދަ ދެބަސްވުންތައް ހައްލުކުރުމަށްޓަކައި މިގޮތަށް ކަންތައް ކުރެވިދާނެއެވެ.
އަމިއްލަ ނަފުސު ކޮންޓްރޯލް ކުރާށެވެ.
ރުޅި ގަދަވެފައި ހުންނަ ވަގުތުގައި ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެކަން ހަނދާނުގައި ބަހައްޓާށެވެ. އަދި ހިތްހަމަ ނުޖެހިފައި ހުންނަ ވަގުތުގައި ބޭކާރު ވާހަކަ ނުދެއްކުމަށް ސަމާލުކަން ދޭށެވެ. ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ފުންކޮށް ނޭވާ ކައިއ އަދި އަޢޫޛު ކިޔާށެވެ.
އެހެން މީހުންގެ އިހުސާސްތަކާމެދު ވިސްނާށެވެ.
ހިތްހަމަ ނުޖެހިފައި ހުންނަ ވަގުތުގައިވެސް އެހެން މީހުންގެ އިޙުސާސްތަކާމެދު ވިސްނާށެވެ. ތިމާއަށް ނުވިސްނާ ބުނެވޭ ބަހަކުން އެހެން މީހުންނަށް ކުރާނެ އަސަރާމެދު ވިސްލާށެވެ. ހިތަށް އަންނަ އެއްޗެއް ދުލުން ބޭރުކުރުމުގެ ކުރިން މިއީ ކޮންމެހެން ބުނަން ޖެހޭ ވާހަކައެއްތޯ ޔަޤީންކޮށްލާށެވެ.
ތަން ދޫކޮށް ނުދާށެވެ.
ދެމީހުން ވާހަކަ ދައްކަން ތިބެފައި ހިތްހަމަ ނުޖެހޭ ހިސާބަކަށް ދިޔުމުން އަޅާނުލާ ދާ އުސޫލު ދޫކޮށްލާށެވެ. އަނެކާ ދައްކާ ވާހަކަ އަޑުއަހަން މަޑުކުރަންވާނެއެވެ. ޖިސްމާނީ އަނިޔާއެއް ލިބެން އުޅޭ ކަމުގެ އިހުސާސް ނުވާނަމަ މަޑުކޮށް އަނެކާގެ އިހުސާސްތަކަށްވެސް އިހުތިރާމް ކުރާށެވެ.
މަޑުމައިތިރިކޮށް ވާހަކަ ދެއްކުން
ކިތަންމެ ހިތްހަމަ ނުޖެހޭ ވާހަކައެއް ނަމަވެސް އެ ވާހަކަ އެއް ދައްކަންވާނީ މަޑުމައިތިރިކަމާއެކުގައެވެ. ރުޅިއައިސް އެކަކަށްވުރެން ބާރަށް އަނެކަކު ވާހަކަދެއްކިޔަސް މައްސަލަ ހައްލު ނުވާނެކަން ހަނދާނުގައި ބަހައްޓާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް