ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓެކްނިކަލް އެންޑް ވޮކޭޝަން އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ދެމެދު ވަޒީފާގެ މާހައުލަށް މީހުން އަހުލުވެރިކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. ޓިވެޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އާމިނަތު އާސްރާ އެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ޓިވެޓުގެ ކޯސްތަކުގައި ބައިވެރިވެގެން އުޅޭ 50 ދަރިވަރަކަށް އެސްޓީއޯގެ އެޕެރެންޓިސޝިޕްް ޕްރޮގްރާމްގެ ދަށުން ތަމްރީން ވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އަދި އެކުދިން އެސްޓީއޯގައި މަސައްކަތް ކުރާނީ "ފުލް ޓައިމް އެމްޕްލޯއީމެންޓް ބޭސްޑް ޓްރެއިނިން" ގެ ގޮތުގައި ވަޒީފާގެ މާހައުލުން މަސައްކަތުގެ ހުނަރު ދަސްވާނެ ގޮތަށް ކަމަށް ބުނެ އެވެ.
އެސްޓީއޯއިން ބުނީ އެ ދަރިވަރުންނަށް އެ ކުންފުނީގެ ހަތަރު ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އެއީ
އޮޓޯމޯޓިވް މެއިންޓަނެންސްގެ ދާއިރާއިން 10 ބައިވެރިން
ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިންގެ ދާއިރާއިން ދެ ބައިވެރިން
އިލެކްޓްރިޝަންގެ ދާއިރާއިން ދެ ބައިވެރިން
ރީޓެއިލް ސާވިސަސްގެ ދާއިރާއިން 36 ބައިވެރިންނެވެ.
މި ޕްރޮގްރާމުން ފާސްވާ ދަރިވަރުންނަށް ލެވެލް ތިނެއްގެ ނެޝަނަލް ސެޓްފިކެޓެއް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް