މިދިޔަ މަހު ރާއްޖެއިން އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓު ކުރި މުދާ އަދި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އަނެއްކާވެސް ދަށްވެއްޖެ އެވެ.
ކޯވިޑް-19ގެ ހާލަތަށް ފަހު ގައުމު އަލުން ހުޅުވާލި ފަހުން އިމްޕޯޓު ކުރާ މުދަލުގެ އަގު ކުރީ އަހަރާއި އަޅާ ބަލާއިރު އިތުރުވެފަ ނުވާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައެއް ނުވެ އެވެ. އެކަމަކު މިދިޔަ މަހު އެކްސްޕޯޓު ކުރިވަރު އިތުރުވެފައި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފްސާ ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ އިދާރާ މެދުވެރިކޮށް ދައުލަތަށ 240 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2020 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 12 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު އިމްޕޯޓު ކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައި ވުމުން މިދިޔަ މަހު އިމްޕޯޓުކޮށްފައިވަނީ 24 ޕަސެންޓު ދަށް އަދަދެކެވެ.
މިދިޔަ މަހުގެ އެކްސްޕޯޓަށް ބަލާއިރު 25 ޕަސެންޓު ވަނީ ދަށްވެފައި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 420 މިލިއަން ރުފިޔާގެ މުދާ އެކްްޕޯޓު ކުރި އިރު މިދިޔަ މަހު އެކްސްޕޯޓުކޮށްފައިވަނީ 316 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، ޗައިނާ އަދި އޮމާން އެވެ. ޔޫއޭއީއިން 386 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 365 މިލިއަން އޮމާންއިން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
އެހެން މަސްމަހެކޭ އެއްގޮތަށް މިދިޔަ މަހު ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އިނގިރޭސިވިލާތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް