1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލައިފިއެވެ.
މިނިސްޓްރީގެ އިއުލާނުގައި ވާ ގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވައިލަން މާލޭގައި އުޅޭ ފަގީރުންނާއި މިސްކީނުން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފަ ނުވާއިރު، 2019 ވަނަ އަހަރު ފަގީރުންގެ ގޮތުގައި 8764 މީހަކު ވަނީ ރަޖިސްޓަރީވެފަ އެވެ. އޭގެތެރެއިން 1717 މީހުންނަކީ މާލެއިން ރަޖިސްޓަރީވި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް