ދިޔާ މިރްޒާ މިދިޔަ އަހަރުން ފެށިގެން ޑޭޓް ކުރަމުން އައި އޭނާގެ ލޯބިވެރިޔާ ވައިބަވް އާ ކައިވެނީގެ ގޮށް ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިއްޔެ, 15 ފެބްރުއަރީ ވީ ހޯމަ ދުވަހު ކައިވެނީގެ ގޮށް ޖެހިއިރު ދިޔާގެ ކައިވެނީގެ ހަފުލާއަށް ދައުވަތު ދީފައިވަނީ ވަރަށްވެސް މަދު މެހެމާނުން ކޮޅަކަށެވެ. އެގޮތުން ގެސްޓް ލިސްޓްގައި ހިމެނެނީ ހަމަ އެންމެ 50 މީހުންގެ ނަން ކަމުގައި ރިޕޯޓްތަކުން ބުނެއެވެ. އެއީ އާއިލާއާއި އަދި ވަރަށް ގާތް ރައްޓެހިން ކަމުގައިވެއެވެ.
ކައިވެނީގެ ހަފުލާ ނިމުމުން ދިޔާއާ އޭނާގެ ފިރިމީހާ ވައިބަވް ވަނީ ޕަޕަރާޒީންނަށް ފޮނިކާތަކެތި ބަހާފައެވެ. އެގޮތުން "ލައްޑޫ" ބަހާފައިވާއިރު ފޮޓޯތަކުން ދިޔާ ފެންނަނީ ނުހަނު ރީތިކޮށް ޖަރީކޮށްފައިވާ ރަތްކުލައިގެ ސާރީގައެވެ. އަދި ވައިބަވް ހުންނަނީ ހުދުކުލައިގެ ކުރުތާއެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް