ގާތްގަނޑަކަށް ތިން މަސް ދުވަހުން ރާއްޖޭގެ އާބާދީގެ %75 އަށް ވެކްސިންގެ ދެ ޑޯޒް ދެވޭނެ: ޑރ. މުހައްމަދު އަލީ

ގާތްގަނޑަކަށް ތިން މަސް ދުވަހުން ރާއްޖޭގެ އާބާދީގެ %75 އަށް ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށް، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ވިދާޅުވީ ރާއްޖޭގައި އެވްރެޖް ގޮ...

16 Feb 2021 | 04:18

ގާތްގަނޑަކަށް ތިން މަސް ދުވަހުން ރާއްޖޭގެ އާބާދީގެ %75 އަށް ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށް، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ ވިދާޅުވީ ރާއްޖޭގައި އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 4449 ޑޯޒް ދެވޭކަމަށެވެ. މި ރޭޓުން ދާ ކަމަށް ވަންޏާ ރާއްޖޭގެ އާބާދީގެ %75 އަށް ވެކްސިންގެ ދެ ޑޯޒް ދީ ނިންމަން ނަގާނީ ގާތްގަނޑަކަށް ތިން މަސް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ 43 ހާހުން މައްޗަށް ގޮސްފައެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ އެކަނި 5204 މީހަކަށް ވެކްސިން ދީފައިވާއިރު ވެކްސިން ދެވުނު ޖުމްލަ އަދަދު މިހާރުމިވަނީ 43817 އަށް އަރާފައެވެ.

މިހާތަނަށް މާލެއިން އެކަނި 35289 މީހަކަށް ވެކްސިން ދީފައިވާއިރު ރަށްރަށުން 8429 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.

މިހާރު ލިބިފައިހުރި ކޮވިޝީލްޑް އެއްލައްކަ ޑޯޒް ހުސްވަންދެން ފުރަތަމަ ޑޯޒް ދިނުން ކުރިއަށްދާނެ ކަމުގައި އެޗްއީއޯސީން ބުނެފައި ވެއެވެ.

ދުވަހުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވީ ކުރިން ވިސްނީ ދެ ޑޯޒަށް ބަހާލައިގެން ބައި ލައްކަ މީހުންނަށް، މިހާރު ލިބިފައިހުރި ޑޯޒްތަކުން ދިނުމަށް ކަމަށާއި ނަމަވެސް މިހާރު ބަދަލުވެފައިވާކަމަށެވެ. އަދި މި އެއް ލައްކަ ޑޯޒް ހުސްވުމުގެކުރިން މި މަސްތެރޭގައި އިތުރު ޑޯޒްތައް ލިބިގެންދާނެކަމުގައިވެސް ހަމްޒާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް