ކޮވިޑަށް ކުރި ހޭދަ ތިން ބިލިޔަނަށް އަރައިފި

ކޮވިޑާއި ގުޅިގެން ދައުލަތުން ކުރި ހޭދަ ތިން ބިލިޔަނަށް އަރައިފިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ހަފްތާގެ އަޕްޑޭޓް ހާމަކޮށްފައިވާއިރު ސިއްހީ އަދި އިޖްތިމާއީ ދާއިރާއިން ކުރި ހަރަދު ވަނީ 1،482.2 މިލި...

16 Feb 2021 | 03:56

ކޮވިޑާއި ގުޅިގެން ދައުލަތުން ކުރި ހޭދަ ތިން ބިލިޔަނަށް އަރައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ހަފްތާގެ އަޕްޑޭޓް ހާމަކޮށްފައިވާއިރު ސިއްހީ އަދި އިޖްތިމާއީ ދާއިރާއިން ކުރި ހަރަދު ވަނީ 1،482.2 މިލިޔަނަށް އަރާފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި ކުރި ހަރަދު ވަނީ 1،530.2 މިލިޔަނަށް އަރާފައެވެ. މިއާއެކު ޖުމްލަ ހަރަދު މިވަނީ ތިން ބިލިޔަނަށް އަރާފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށެވެ. އެއީ 783.8 މިލިޔަން ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި 356.9 މިލިޔަން ރުފިޔާ ހަރަދުކުރިކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް