ޑޭވިޑް ގެޓާ ރާއްޖޭގައި ނެގި މި ފޮޓޯއަށް ބޮޑު ސަމާލުކަމެއް

ފްރާންސްގެ މަޝްހޫރު ޑީޖޭ، ޑޭވިޑް ގެޓާ ރާއްޖޭގައި ނެގި މި ފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފިއެވެ. އިތާފުށީގައި އޭނާގެ އަންހެނުންނާއި ދަރިއާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ޑޭވިޑް ގެޓާގެ މި ފޮޓޯއަ...

16 Feb 2021 | 02:04

ފްރާންސްގެ މަޝްހޫރު ޑީޖޭ، ޑޭވިޑް ގެޓާ ރާއްޖޭގައި ނެގި މި ފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފިއެވެ.

އިތާފުށީގައި އޭނާގެ އަންހެނުންނާއި ދަރިއާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ޑޭވިޑް ގެޓާގެ މި ފޮޓޯއަށް ބޮޑު މަގްބޫލުކަމެއް ލިބިގެންގޮސްފައިވަނީ އުމުރުން 53 އަހަރުގައިވެސް އޭނާގެ ބޮޑީ މެއިންޓެއިން ކުރުމުގައި ހޯދާފައިވާ ކާމިޔާބީ ފެނިފައެވެ.

މި ފޮޓޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ މި ފޮޓޯ ބެލުމަށްފަހު ޑޭވިޑް ގެޓާއަށް "ޑޭވިޑް ޝްރެޑާ" ގެ ނަމުންވެސް މުހާތަބުކޮށްފައެވެ.

ޑޭވިޑް ގެޓާ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީގެ ނިޔަލަށް އޭނާ އުޅޭނީ ޗުއްޓީގައިކަމަށް ބުނެފައިވެއެވެ. އެގޮތުން ރާއްޖެ އައިސްފައިވަނީ ޑުބާއީގައި ޗުއްޓީ ހޭދަކުރުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް