އުރީދޫ އަހަރީ އާންމު ޖަލްސާ ދޭއް މާޗްގައި ފަހި ވޯޓް މެދުވެރިކޮށް، ރަޖިސްޓްރީވުން މިމަހުގެ 28ގެ 8:30 އާ ހަމައަށް

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ 2 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެ...

15 Feb 2021 | 19:06

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ 2 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އުރީދޫއިން ބުނެފިއެވެ.

އެގޮތން އުރީދޫއިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 28 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވެލެއްވުމަށް ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:

އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން

އެޖެންޑާ އައިޓަމް 2: ޗެއަރމަން، މިސްޓަރ އެންޑްރޫ ތޫރ އޮޑްވާރ ކްވަލްސެތްގެ ވާހަކަފުޅު ދެއްކެވުން

އެޖެންޑާ އައިޓަމް 3: 2 މާރިޗު 2020 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

އެޖެންޑާ އައިޓަމް 4: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާންގެ ވާހަކަފުޅު ދެއްކެވުން

އެޖެންޑާ އައިޓަމް 5: 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން

އެޖެންޑާ އައިޓަމް 6: 2020 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން

އެޖެންޑާ އައިޓަމް 7: 2021 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން

އެޖެންޑާ އައިޓަމް 8: 2020 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން

އެޖެންޑާ އައިޓަމް 9: ހިއްސާދާރުންގެ މަޝްވަރާކުރުން

އެޖެންޑާ އައިޓަމް 10: ޖަލްސާ ނިންމުން

އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެ ކަމުގައި އުރީދޫއިން ބުނެއެވެ.

"އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެއެވެ." އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ބުނެފައިވަނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭކަމަށާއި އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ބާތިލުކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭ ކަމަށެވެ. ރަޖިސްޓަރ ކުރެއްވުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް  ނުވަތަ ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެއްވޭނެ ކަމަށާއި ފޯމުތައް ފުރުއްވުމަށްފަހު 28 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން [email protected] އަށް އީލެމެއިލް ފޮނުއްވުން އެދޭކަމުގައިވެސް ބުނެފައިވެއެވެ.

"ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބިވައިޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ" އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންނާއި ޕްރޮކްސީ ލިބިވަޑައިގެންފައިވާ ބޭފުޅުން) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2021 ވާ އަންގާރަ ވަނަ ދުވަހުގެ) ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިވަޑައިގަނެފައިވާ ލޮގިން މަޢުލޫމާތު ބޭނުންކުރައްވައިގެން، ފަހިވޯޓު ސިސްޓަމަށ ވަދެވަޑައިގެންނެވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް