ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ގއ. ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި ދިވެހި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މިއީ ކޫއްޑޫގައި ވަޒީފާ އަދާކުރަމުން އަންނަ ގއ. މާމެންދޫ މީހެކެވެ. އޮންލައިން ނޫސް "ފެށުން" ގައި ވާގޮތުން، މިއަދު ހަވ...

16 Jan 2021 | 16:44

ގއ. ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި ދިވެހި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިއީ ކޫއްޑޫގައި ވަޒީފާ އަދާކުރަމުން އަންނަ ގއ. މާމެންދޫ މީހެކެވެ.

އޮންލައިން ނޫސް "ފެށުން" ގައި ވާގޮތުން، މިއަދު ހަވީރު ކޫއްޑޫގައި ހުންނަ ފުތްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ އޭނާ ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެނައިރުވެސް އޭނާ ނޭވާ ނުލާކަމަށެވެ.

އެމީހާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލަށް ގެނައުމުން ނޭވާ އާދޭތޯ އެ ހޮސްޕިޓަލުން ވަރަށް މަސައްކަތް ކޮށްފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ސަރަހައްދުގައި ކޮވިޑް ފެތުރިފައިވުމާއެކު އޭނާގެ ކޮވިޑް ސާމްޕަލް ނެގިފައިވާކަމަށްވެސް "ފެށުން" ގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް